ބަންޑާރަ މިސްކިތުގެ އިމާމަށް މީހަކު ބިރުދައްކާ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ޕޮލިސް މީޑިއަ ގްރޫޕްގައި ވޮއިސް ނޫހުންކޮށްފައިވާ ސުވާލަކަށް ޖަވާބުދެމުން ފުލުހުން ބުނެފައިވަނީ މީހަކަށް ބިރު ދައްކައި އިންޒާރު ދީފައިވާ މައްސަލައެއް މީގެ ދެ ދުވަސް ކުރިން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
"މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާއިރު ވޮއިސް ނޫހުން ފުލުހުންގެ މީޑިއާ އާއި ކޮށްފައިވާ ސުވާލުގައި ބުނެފައިވަނީ ބަންޑާރަ މިސްކިތުގެ އިމާމަށް ހަމަލާދީފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި އިސްލާމިކް މިނިސްޓްރީންވެސް އެކަން ކަށަވަރުކޮށްދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް