ތާޕްސީ ރާއްޖޭގައި: ބުނަނީ ދުވަސްކޮޅަކަށް މިއީ ގެދޮރުކަމުގައި ދެކޭކަމަށް

ބޮލީވުޑް ބަތޮލާ ތާޕްސީ ޕަންނޫ ރާއްޖެ އަތުވެއްޖެއެވެ. ތާޕްސީ މިއަދު ރާއްޖެ އައިސްފައިވަނީ އޭނާގެ އާއިލާ ދެ މެމްބަރުން ކަމުގައިވާ ޝަގުން އަދި އީވާނިއާ ޕަންނޫ އާއި އެކުގައެވެ. ތާޕްސީ ރާއްޖެ އައިސްފައިވަނ...

06 Oct 2020 | 14:24

ބޮލީވުޑް ބަތޮލާ ތާޕްސީ ޕަންނޫ ރާއްޖެ އަތުވެއްޖެއެވެ. ތާޕްސީ މިއަދު ރާއްޖެ އައިސްފައިވަނީ އޭނާގެ އާއިލާ ދެ މެމްބަރުން ކަމުގައިވާ ޝަގުން އަދި އީވާނިއާ ޕަންނޫ އާއި އެކުގައެވެ.

ތާޕްސީ ރާއްޖެ އައިސްފައިވަނީ އިންޑިގޯގެ ފްލައިޓެއްގައެވެ.

ރާއްޖެ އައިސް ރިސޯޓަށް ގޮސް ސޯޝަލް މީޑިއާއަށް ދޫކުރި ފުރަތަމަ ފޮޓޯގައި ބުނެފައިވަނީ ރާއްޖެއަކީ ދުވަސްކޮޅަށް ގެދޮރުކަމުގައި ދެކޭ ކަމަށެވެ. ތާޕްސީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ތާޖް މޯލްޑިވްސް ގައެވެ.

ތެލުގޫ ފިލްމުތަކުން ކެރިއަރ ފެށި ތާޕްސީ އަކީ ބޮލީވުޑްގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ބަތަލާއެވެ. މި އަހަރު ތެރޭގައިވެސް ތާޕްސީގެ އެއް ފިލްމު ވަނީ ރިލީސް ކޮށްފައެވެ. އެއީ ފިލްމު "ތައްޕަޅު" އެވެ. އިތުރު ދެ ފިލްމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ފިލްމު "ހަސީން" އާއި ފިލްމު "ދިލްރުބާ" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް