އިންޑިއާގެ ހައިދަރުއާބާދުގައި މޯބައިލް ޓޮއިލެޓްސް ތާރަފް ކޮށްފި

އިންޑިއާގެ ސިޓީއެއް ކަމުގައިވާ ހައިދަރުއާބާދުގައި މޯބައިލް ޓޮއިލެޓްސް ތާރަފްކޮށްފިއެވެ. މި ހިދުމަތަކީ އެ ސިޓީގެ މުނިސިޕަލްޓީން ތާރަފްކުރި ހިދުމަތެކެވެ. މި ހިދުމަތްދެނީ ބޮޑެތި ބަސްތަކެއްގައެވެ. މީން ކޮ...

06 Oct 2020 | 14:12

އިންޑިއާގެ ސިޓީއެއް ކަމުގައިވާ ހައިދަރުއާބާދުގައި މޯބައިލް ޓޮއިލެޓްސް ތާރަފްކޮށްފިއެވެ.

މި ހިދުމަތަކީ އެ ސިޓީގެ މުނިސިޕަލްޓީން ތާރަފްކުރި ހިދުމަތެކެވެ.

މި ހިދުމަތްދެނީ ބޮޑެތި ބަސްތަކެއްގައެވެ. މީން ކޮންމެ ބަހެއްގައި ހަތް ފާހާނާ ހުންނަ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެއީ އަންހެނުންނަށް ތިން ފާހާނާއާއި ފިރިހެނުންނަށް ތިން ފާހާނާ އާއި ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރާ އެއް ފާހާނާއެވެ.

މި ބަސްތަކުގައި ބަޔޯ ޑައިޖެސްޓަރ ހަރުކޮށްފައި ހުރުމުން ބިމުއަޑީގައި ވަޅުލާ ކަހަލަ ހޮޅި ސިސްޓަމެއް ބޭނުން ނުވާކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ބަސްތައް ހައިދަރުއާބާދުގެ ކާރުބާރުބޮޑު ސަރަހައްދުތަކުގައި ކޮންމެ ދުވަހަކު ޕާކު ކޮށްފައި އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް