ފެހެންދޫ ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އަތުރަން ފަށައިފި

ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓުމެއްނެތި ކުރިޔަށް ދާ ކަމަށް މި މަސައްކަތް ކުރިޔަށް ގެންދާ އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ އެ...

06 Oct 2020 | 09:24

ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓުމެއްނެތި ކުރިޔަށް ދާ ކަމަށް މި މަސައްކަތް ކުރިޔަށް ގެންދާ އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރު ފަހުކޮޅު އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއު ނިމޭއިރު 25،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫއުގ ދަށުން 18،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅުފުންކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.

އަދި 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖަހާނެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެހެންދޫ ބަނދަރުގެ މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.

މި މަޝްރޫޢުއަކީ 49.66 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް