14 އަހަރުގެ ކުއްޖަކާ ޖިންސީ ގުޅުން ހިންގަން އުޅުނު 35 އަހަރުގެ މީހެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ތ، ލ އަތޮޅުގެ ރަށެއްގައި އެކި ދުވަސްމަތިން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް، ޖިންސީ އަމަލު ހިންގުމަށް ހިތްވަރުދީ، ޖިންސީ ގުޅުން ހިންގަން އުޅުނުކަމުގެ މައްސަލައެއްގައި ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކުޑަކުދިންނާއިގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން މި މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް