ރާއްޖޭގެ ދެކުނަށް މުސުން ގޮސްވެ، މޫސުމާއިބެހޭ ޤައުމީ އިދާރާ އިން ހުދު ސަމާލު ނެރެފި އެވެ.
އެ އިދާރާއިން ބުނީ ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ކަމަށެވެ. އަދި މިއީ މިއަދު ހަވީރު 5 ޖެހުމާ ހަމައަށް ނެރެފައިވާ ސަމާލެއް ކަމަށެވެ.
"މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް." މެޓް އޮފީހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި، ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް