އަބުރުގެ ބިލަކީ މީޑިއާއަށް އޮތް ހުރަހެއް ނޫން: އޭޖީ އޮފީސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމާފައިވާ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު" އަކީ މީޑިއާ އަށް ހުރަހެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި ...

06 Oct 2020 | 06:53

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމާފައިވާ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު" އަކީ މީޑިއާ އަށް ހުރަހެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މި ބިލާއި އެކު ސަރުކާރުން މަޖިލީހުގެ މި ދައުރަށް 28 ބިލެއް ހުށަހަޅާނެ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ. މި ބިލުތަކުގެ ތެރެއިން މީޑިއާ އާއި ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު" އަށެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން އޭޖީ އޮފީހުގެ ޑިރެކްޓަ ކޮމިއުނިކޭޝަން، ހުސެއިން ހަސަން މީޑިއާގައި ވިދާޅުވީ އެ ބިލުގައި އަބުރު ގެއްލޭ ފަރާތްތަކަށް ބަދަލު ނަގައިދޭން ކަނޑައަޅާފައިވާނީ މަދަނީ ކުށެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުން ނޫން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާސްކުރި އަބުރާ ބެހުމުގެ ބިލުން ނޫސްވެރިކަމަށް ހުރަސް އެޅި މީޑިއާތަކަށް ބޮޑު ބިރުވެރިކަމާއި ކުރިމަތިލާން ޖެހުނު އެވެ. އެގޮތުން ބުނެވޭ ބަހަކުން ނުވަތަ ލިޔެވޭ އެއްޗަކުން އެ ރައްދުވާ ފަރާތަކަށް މާނަ ނުބައިކޮށް ނެގިއްޖެ ނަމަ އަބުރުގެ ދައުވާކޮށް އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާ ކުރެވޭގޮތަށް ހެދި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދާ އެއްގޮތަށް، އެމަނިކުފާނު ވަނީ އެ ގާނޫނު އުވާލައްވައިފަ އެވެ. ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ އުވާލެއްވީ ވެސް އެ ގާނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް