ޓްރަމްޕް ދޫކޮށްލައިފި: ފުރަތަމަވެސް ބުނީ ރައްޔިތުން ބިރު ނުގަނެ ގެތަކުން ނިކުންނަންވީކަމަށް

ކޮވިޑަށް ޕޮޒިޓިވް ވެ ތިން ދުވަހުގެ ފަރުވާއަށްފަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެނބުރި ވައިޓް ހައުސްއަށް ވަޑައިގެންފިއެވެ. ނޫސްވެރިންނަށް މައުލޫމާތުދެމުން، ތުރުކުރައްވައިގެން ހުންނެވި މާސްކު ނެ...

06 Oct 2020 | 02:16

ކޮވިޑަށް ޕޮޒިޓިވް ވެ ތިން ދުވަހުގެ ފަރުވާއަށްފަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެނބުރި ވައިޓް ހައުސްއަށް ވަޑައިގެންފިއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެމުން، ތުރުކުރައްވައިގެން ހުންނެވި މާސްކު ނެންގެވުމަށްފަހު ޓްރަމްޕް ވިދާޅުވީ ކޮވިޑު ދެކެ ބިރުގަންނާނެ ކަމެއް ނެތް ކަމަށާއި ގޭގައި ނުތިބެ އެންމެން ނިކުންނަންވީކަމަށެވެ.

ޓްރަމްޕަށް ބަލި ޖެހި، ބަލީގެ ތަޖުރިބާ ކުރެވިފައިވާއިރު ތަޖުރިބާ ކިހިނެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ ކުރެވުނީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

ހެލިކޮޕްޓަރުގައި ހޮސްޕިޓަލުން ވައިޓްހައުސްއަށް ވަޑައިގެން ފޮޓޯއަކަށް ހުއްޓެން މާސްކު ނެންގެވިގޮތަށް ވައިޓް ހައުސްގެ އެތެރެއަށްވެސް ވަޑައިގެންނެވީ މާސްކު ޖީބުގައި ބާއްވައިވެގެންނެވެ.

ކޮވިޑުގައި އެމެރިކާއިން އެކަނި ދެ ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ޓްރަމްޕް އަންނަނީ ކޮވިޑަކީ އެއްވެސް ބިރުވެރިކަމެއް ނެތް، އާދައިގެ ބައްޔެއްގެ ގޮތުގައި ސިފަ ކުރައްވަމުންނެވެ. ނަމަވެސް ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ދެމުންދިޔައިރު ދެތިންފަހަރަކު އޮކްސިޖަން ލެވެލް ދަށްވެ އިތުރަށް ހާލަތު މޮނީޓަރ ކުރަން ޖެހުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް