ކަނބަލުންގެ ހިތްތައް ކަތިލި "ޗާއިވާލާ" އަމިއްލަ ކެފޭއެއް ހުޅުވައިފި

2016 ގައި އާންމުވި ފޮޓޯއަކާއެކު މަޝްހޫރުކަން ލިބި، ކަނބަލުންގެ ހިތްތައް ކަތިލި، ޕާކިސްތާނުގެ އަރްޝަދު ޚާން (ޗާއިވާލާ) އޭނާގެ އަމިއްލަ ކެފޭއެއް ހުޅުވައިފިއެވެ. ޗާއިވާލާ، އަރްޝަދު ޚާންގެ މި ކެފޭގެ ނަމަކ...

05 Oct 2020 | 23:33

2016 ގައި އާންމުވި ފޮޓޯއަކާއެކު މަޝްހޫރުކަން ލިބި، ކަނބަލުންގެ ހިތްތައް ކަތިލި، ޕާކިސްތާނުގެ އަރްޝަދު ޚާން (ޗާއިވާލާ) އޭނާގެ އަމިއްލަ ކެފޭއެއް ހުޅުވައިފިއެވެ.

ޗާއިވާލާ، އަރްޝަދު ޚާންގެ މި ކެފޭގެ ނަމަކީ "ޗާއިވާލާ ރޫފް ޓޮޕް" އެވެ.

އަރުޝަދުގެ މި ކެފޭ ހުޅުވާފައިވަނީ ޕާކިސްތާނުގެ އިސްލާމާބާދުގެ ކާރުބާރު ބޮޑު ސަރަހައްދެއްގައެވެ.

ޕާކިސްތާނުގެ އުރުދޫ ނިއުސްއަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އޭނާގެ މި ކެފޭއަށް އޭނާގެ އަސްލު ނަން "އަރްޝަދު ޚާން" ކިޔުމަށް ބައެއް ފަރާތްތަކުން އެދުނު ކަމަށެވެ. ނަމަވެސް "ޗާއިވާލާ" އަކީ އޭނާގެ އައިޑެންޓިޓީ ކަމުން އެނަން ކެފޭއަށް ކިޔަން ނިންމީ ކަމަށް އޭނާ ބުނެފައިވެއެވެ.

https://twitter.com/UrduNewsCom/status/1312260856525225984?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1312260856525225984%7Ctwgr%5Eshare_3&ref_url=https%3A%2F%2Fgulfnews.com%2Fworld%2Fasia%2Fpakistan%2Fremember-pakistans-chaiwala-who-went-viral-in-2016-he-just-launched-his-own-caf-1.1601917609726

ގާޑިއަލެއްގައި ސައި ވިއްކަން ހުއްޓާ އަރްޝަދުގެ ފޮޓޯއެއް ނަގާ އެ ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލީ ޕާކިސްތާނުގެ ފޮޓޯގްރާފަރެއް ކަމުގައިވާ ޖިއާ އަލީ އެވެ. 2016 ގެ އެ ފޮޓޯ އާންމުވުމާއެކު އަރްޝަދު ޚާންއަށް ބޮޑު މަޝްހޫރުކަމެއް ލިބިގެން ގޮސްފައިވެއެވެ.

ލިބުނު މަޝްހޫރު ކަމާއެކު އަރްޝަދު ޚާން މިހާރުވެސް އަންނަނީ ތިން، ޓީވީ ޝޯއެއްގައި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް