ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު އެއް މަސް ދުވަހަށް ދިގުދަންމާލައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް ދިގު ދަންމާލަން ނިންމައިފިއެވެ. މިއީ 12 މާރިޗްގައި އިއުލާނުކު...

06 Sep 2020 | 18:50

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް ދިގު ދަންމާލަން ނިންމައިފިއެވެ.

މިއީ 12 މާރިޗްގައި އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލި ހަތް ވަނަ ފަހަރެވެ.

ހެލްތު މިނިސްޓްރީ ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ސޮއި ކުރައްވާ މިރޭ އިއުލާނުކުރި ގަރާރުގައި ބުނެފައިވަނީ ކޯވިޑް-19 ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު މަހަކަށް ދިގުދަންމާލި ނަމަވެސް ކޯވިޑް ހުއްޓުވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް