ބީއެމްއެލްގެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޟިރު ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީކުރުވުމަށް އެދިވަޑައިގެންފިއެވެ. މިގޮތަށް އެދިވަޑައިގަތީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަ...

06 Sep 2020 | 15:34

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީކުރުވުމަށް އެދިވަޑައިގެންފިއެވެ.

މިގޮތަށް އެދިވަޑައިގަތީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ސިޓީއެއްގައެވެ.

ހައިތަމް މިފަދައިން އެދިވަޑައިގެންފައިމިވަނީ ކަސްޓަމަރުންގެ އެކައުންޓްތަކުން، ގޮތްނޭނގޭ ޓްރާންސެކްޝަންތައް ހެދިފައި ހުރުން ފަދަ އެކި ކަންކަމުގައި އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ދުވަސްވަރެއްގައެވެ.

ހައިތަމްގެ ސިޓީގައި ވިދާޅުވެފައިވަނީ ކަސްޓަމަރުންގެ މިފަދަ އެއްވެސް ޝަކުވާއަކަށް ބީއެމްއެލް އިން އެކަށީގެންވާ ޖަވާބެއް ދީފައިނުވާ ކަމަށާއި މި ސަރުކާރުން ކުންފުނިތައް ޖަވާބުދާރީކުރުވަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުން ބައިވެރިވެ ސުވާލުކުރެވޭ ގޮތަށް ބީއެމްއެލްގެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޟިކުރުމުގެ އިންތިޒާމު ހަމަޖައްސަވައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ގޮތްނޭނގޭ އީމެއިލްތަކެއްގެ ސަބަބުން ކަސްޓަމަރުންގެ އެކައުންޓްތަކުން ނުބައި މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި އެއީ އެ ބޭންކުގެ ސިސްޓަމުން ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށްވެސް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް