ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އުމުރުން47 އަހަރުގެ އެ މީހާ ހައްޔަރު ކުރީ މިއަދު ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ އެ މީހާގެ ބަންދަށް ކޯޓުން15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެމީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުން ފިޔަވައި މި މައްސަލައިގަ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ޗެނަލް 13 އިން ވަގުތުން ބްރޯޑްކާސްޓު ކުރި ޕްރޮގްރާމަކަށް ގުޅައިގެން ވާހަކަ ދެއްކި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅަށް ގެއްލުންދީ ހުޅުޖެހުމަށް ގޮވާލާފައި އެވެ. މި މައްސަލައިގައި ޗެނަލް 13 އިން ވަނީ މައާފަށް އެދިފައި އެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދާއިރު ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް