ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ދެ ފަހަރަށް ފައިސާ ކަނޑާފައި ނުވާނެކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުން، ކަސްޓަމަރުންނަށް ނޭނގި ފައިސާ ކެނޑޭ ކަމަށް ބުނެ ޝަކުވާ ގިނަވެފައިވަނިކޮށް ބޭންކުން މިއަދު ބުނީ އެކައުންޓުތަކުން ކެނޑިފައިވާ ފައިސާއަކީ ޖެނުއިން ޓްރާންސެކްޝަންތަކެއް ކަމަށެވެ. އެއީ ކުރިން ޕްރޮސެސްނުކޮށް ހިފެހެއްޓިފައި ހުރި ޓްރާންސެކްޝަންތަކެއް ކަމަށް ވެސް ބޭންކުން ބުންޏެވެ.
ޓްރާންސެކްޝަން އާ ބެހޭ އިތުރު ތަފްސީލު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބެލޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
https://twitter.com/bankofmaldives/status/1302546344075128832?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1302546344075128832%7Ctwgr%5Eshare_3&ref_url=https%3A%2F%2Fsun.mv%2F142692
މީގެ އިތުރުން ގޮތްނޭނގޭ އީމެއިލްތަކެއްގެ ސަބަބުން ކަސްޓަމަރުންގެ އެކައުންޓްތަކުން ނުބައި މުއާމަލާތްތަކެއް ހިނގައިފި ކަަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މިފަދަ މައްސަލަތައް އާންމުކޮށް ދިމާވަނީ މީހުންގެ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ މައުލޫމާތު ވަގަށް ހޯދައިގެން، މީހުންގެ އެކައުންޓްތަކުން ފައިސާ ކަނޑާތީ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ މައުލޫމާތު ނުލިބުމުން، އެ ފަދަ މީހުން ޓާގެޓް ކުރަނީ އެ ކާޑުތަކާ ގުޅިފައިވާ ޕޭޕަލް ނުވަތަ އެމެޒޯން ފަދަ އޮންލައިން ޕްލެޓްފޯމްތަކާ ކަމަށާއި އެ މައުލޫމާތު ހޯދަން ސައްހަ ނޫން ވެބްސައިޓްތަކުން އީމެއިލް އާއި ލިންކު ފޮނުވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް