ފޮޓޯ: ކުރީގެ މެމްބަރު ހުސައިން މުހައްމަދުގެ ހަދާނުގައި މަޖިލީހުގައި ސުކޫތު ގެނައުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ކުރީގެ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުގެ ހަނދާނުގައި މިއަދު ރައްޔިތުންގެ މަޖިލީހުގައި ސުކޫތެއް ގެނެ...

06 Sep 2020 | 10:57

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ކުރީގެ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުގެ ހަނދާނުގައި މިއަދު ރައްޔިތުންގެ މަޖިލީހުގައި ސުކޫތެއް ގެނެސްފައިވެ އެވެ.

މަޖިލިހުގެ މެމްބަރުކަން ތިން ދައުރު ކުރެއްވި ހުސެން މުހައްމަދުގެ ހަނދާނުގައި ހަމަހިމެނޭކަމުގެ ސްކޫތެއް ގެންނަން އެދިވަޑައިގެންނެވީ ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ ހުސައިން މުހައްމަދަކީ މަޖިލީހުގައި ކުރެއްވި ބަހުސްތަކުގައި ތެދު ބަސް ވިދާޅުވި މެމްބަރެއް ކަމަށެވެ.

ހުސައިން މުހައްމަދު އަވަހާރަވީ މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް