ޓޫރިޒަމް މިނިސްޓަރުކަަމަށް ޑރ. މައުސޫމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މިއަދުގެ ޖަލްސާގައި ޑރ. މައުސޫމަށް ރުހުން ދިނުމަށް ކޮމިޓީން ނިންމިގޮތަށް ފާސްކުރީ މިއަދުގެ ވޯޓުގައި ބައިވެރިވި 69 މެންބަރުން އިއްތިފާގުންނެވެ.
ޑރ. މައުސޫމަށް ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް މީގެ ކުރިންވެސް ރުހުން ދީފައިވީ
ނަމަވެސް، އެ މައްސަލަ މިދިއަ ހަފްތާގައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، އެ މައްސަލަ ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލީ އަމިއްލަ ކުންފުންޏެއް ހިންގުމުގައި މައުސޫމް ހުންނެވި ކަމަށް ބުނެއެވެ.
އެއާއެކު ކޮމިޓީން ނިންމާފައި ވަނީ މައުސޫމް އަލުން މަގާމުގެ ހުވާ ކުރެއްވުމަށް ރައީސަށް ލަފާ އެރުވުމަށެވެ.
ކޮމިޓީގެ ލަފާގެ މަތިން މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ވަނީ އޭނާ އަލުން މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރައްވައި އަލުން ހުވާ ކުރައްވައިފަ އެވެ.
މަޖިލީހުގެ ދައުރުގެ ފަހު ޖަލްސާ މިއަދު އޮތް ނަމަވެސް، މައުސޫމަށް ރުހުން ދިނުމަށް މަޖިލީހުގެ ހިނގާ ދައުރު ވަނީ މިއަދާ ހަމައަށް އިތުރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް