މެސީ ކޮވިޑް ޓެސްޓް ހަދައިފި، ނައްސި ނަމަ މާދަމާ ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރި ވާނެ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބާސާގެ ފަރިތަކުރުން ތަކުގައި ބައިވެރި ވުމުގެ ކުރިން ހަދަން ޖެހޭ ކޮވިޑް ޓެސްޓް ހަދައިފިއެވެ. މެސީގެ ޕީސީއާރު ޓެސްޓް ހަދާފައިވަނީ ބާސެލޯނާއިން ފޮނުވި މެޑިކަލް ޓީމަކުން ...

06 Sep 2020 | 10:39

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބާސާގެ ފަރިތަކުރުން ތަކުގައި ބައިވެރި ވުމުގެ ކުރިން ހަދަން ޖެހޭ ކޮވިޑް ޓެސްޓް ހަދައިފިއެވެ.

މެސީގެ ޕީސީއާރު ޓެސްޓް ހަދާފައިވަނީ ބާސެލޯނާއިން ފޮނުވި މެޑިކަލް ޓީމަކުން މެސީ ދިރިއުޅޭ ގެ އަށް ގޮހެވެ.

ބާސެލޯނާއިން ނެރުނު ބާޔާނެއްގައި ބުނެފައިވަނީ ބާސެލޯނާގެ ޓްރެއިނިންތަކުގައި ބައިވެރި ވުމުގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވޭތޯ ނުވަތަ ނޫން ތޯ ބެލުމަށް ހަދާ ޕީސީއާރު ޓެސްޓް މިހާރު މެސީ ހަދާފައިވާ ކަމަށާއި އެގޮތުން މި ޓެސްޓުގެ ނަތީޖާ ނައްސި ވެއްޖެ ނަމަ މާދަން ބާއްވާ ބާސާގެ ފަރިތަކުރުން ތަކުގައި މެސީ ބައިވެރިވާނެ ކަމަށެވެ.

ބާސާގެ ފަރިތަކުރުންތަށް ފަށައިގެން މިހާރު ކުރިޔަށް ދާއިރު، މެސީ ނޫނީ ބާސާގެ ކުރިހާ ކުޅުންތެރިން ވެސް ވަނީ ކޮވިޑް ޓެސްޓު ހަދާފައެވެ. މި ޓެސްޓު ނުހަދާ ކުޅުންތެރިޔަކަށް ހުރީ މެސީ އެކަންޏެވެ.

މެސީއަށް ވެސް ކުރިން މި ޓެސްޓު ހަދަން އައުމަށް ބާސާއިން އެދުނު ނަމަވެސް އޭރު މެސީ ކުލަބު ދޫކޮށްލަން ވިސްނާ އެކަން ކުލަބުގެ މެނޭޖުމަންޓަށް އަންގާފައިވުމުން ހާޒިރު ނުވީއެވެ.

މީގެ 11 ދުވަސްކުރިން ބާސާ ދޫކޮށް ލަން ބޭނުންވާ ކަމަށް ބުނެ އެ ކުލަބުގެ މެނޭޖުމަންޓަށް ފެކްސެއްގެ ޒަރީއާއިން މެސީ އެންގި ނަމަވެސް މިހާރު މެސީ ވަނީ އަލުން އެ ވިސްނުން ބަދަލުކޮށް އިތުރު އެއް ސީޒަނުގައި ބާސާގައި މަޑުކުރުމަށް ނިންމާފައެވެ.

މެސީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބާސާގައި މަޑުކުރަން ނިންމާ އެކަން މީޑިއާގައި ހާމަކުރި އިރު، މެސީ ބުނީ އޭނާ ކުލަބުގައި މަޑުކުރަން ނިންމީ 700 މިލިއަން ޔޫރޯ ދައްކަން ޖެހޭތީ ކަމަށެވެ. އަދި އެހާ ބޮޑު އަދަދެއް ދީގެން ކުލަބު ބަދަލުވުމަކީ އުނދަގޫ ކަމަކަށް ވެފައި އަދި ކުލަބު ގޮވައިގެން ކޯޓަށް ހާޒިރު ވާން ބޭނުން ނުވާތީ ކަމަށް މެސީ ބުނެފައިވެއެވެ.

މެސީ ބާސެލޯނާ ދޫކޮށްލަން ނިންމާފައިވަނީ ކުލަބުގެ މެނޭޖްމަންޓާއި މެދު ހުރި ގިނަ ހިންހަމަ ނުޖެހުންތަކެއްގެ ސަބަބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް