އެހެން ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖެއަކު ނެތް

އެހެން ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ. ޝަމާލް މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދ...

06 Sep 2020 | 07:46

އެހެން ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރާއްޖޭގައި ބޭފުގެ ސިފައިން ތިބޭ ކަމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން އަންނައިރު އެކަން ދޮގު ކުރައްވައި ޝަމާލް މިއަދު ވިދާޅުވީ އެއްވެސް ގައުމަކުން ހަތިޔާރާއެކު ރާއްޖޭގައި ސިފައިން ނުބައިތިއްބާނެ ކަމަށެވެ. އެހެން ނަމަވެސް އެހެން ގައުމުތަކުގެ ސިފައިން ރާއްޖެއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

އެގޮތުން ކުރިންވެސް އަދި މިހާރުވެސް އެފަދަ އެހީތެރިކަން ފޯރުކޮށްދޭކަން ޝަމާލް ފާހަގަކުރެއްވިއެވެ.

ޝަމާލް މިހެން ވިދާޅުވެފައިވާއިރު އެންމެ ބޮޑަށް މި ވާހަކަ ދެކެވެނީ އިންޑިއާއިން ރާއްޖެ ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރު ދުއްވަން އިންޑިއާ މިލިޓަރި ޕައިލެޓުން ތިބޭތީއެވެ. އެކަމަށް، ޝަމާލް މިއަދު ވިދާޅުވީ ހެލިކޮޕްޓަރު ދުއްވާނެ ދިވެހިން ނެތަސް ދިވެހިން ޓްރޭން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ނަމަވެސް އެކަމަށް އަދި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ.

އެގޮތުން ފާހަގަކުރެއްވި ގޮތުގައި ޕައިލެޓެއްގެ މުސާރައިގެ ގޮތުގައި އެކަނިވެސް 80،000 ރުފިޔާ އާ ގާތްކުރާ އަދަދެއް ދޭން ޖެހޭއިރު އެއީވެސް ގޮންޖެހުމެއްކަން ޝަމާލް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް