ރޭޕް ކުރުމާއި ޖިންސީ ގޯނާކުރުން ކުރުން ބޮޑު ކުށަކަށް ހަދަން މަޖިލީހުން ފާސްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ޖިނާއީ އިޖުރާއ...

06 Sep 2020 | 06:36

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިމިދިޔަ ހަފްތާގައި ފާސްކުރިއިރު ބޮޑެތި ކުށްތައް ހިމެނޭ މާއްދާއަށް ވަނީ ބޮޑެތި އިސްލާހު ތަކެއް ގެނެސްފަ އެވެ.

އެ އިސްލާހު ތަކާއެކު މިއަދު މަޖިލީހުން އެ ބިލު ފާސްކޮށްފައި ވަނީ 59 މެމްބަރުންގެ ވޯޓާ އެކު އެވެ.

މި މައްސަލަ ދިރާސާ ކުރިއިރު ކޮމެޓީން ވަނީ ބައެއް ބަދަލުތައް ބިލަށް ގެނެސްފައެވެ. ގާނޫނު ތަންފީޒުކުރަމުންދާ އިދާރާއަކުން ތަހުގީގުކުރަމުންދާ ޖިނާއީ ކުށަކާއި ގުޅިގެން އާންމު ތަނަކަށް ވަންނަން ޖެހިއްޖެނަމަ، ކޯޓު އަމުރަކާއި ނުލާއި ވެސް އެތަނަކަށް ވަނުމުގެ ބާރު ދީފައިވާއިރު ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ އެ ނިންމުން ކޮންމެ 30 ދުވަހަކު މުރާޖާކުރަން ޖެހެއެވެ.

އިޖުރާއަތު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ބޮޑު ކުށުގެ ތެރޭގައި ދެން ހިމެނޭނީ 12 ކުށެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ހިމެނޭ ކުށްތަކުގެ ތެރޭގައި މީހުން މެރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށްތައް އަދި މަނީ ލޯންޑްރިންގެ ކުށްތަކުގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ކުށްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތަކާއި އިތުރު ކުށްތައްވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް