ރައީސްގެ ހަށިކޮޅަށް ގެއްލުންދޭން ގޮވާލި މައްސަލަ ގާސިމް ކުށްވެރިކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅަށް ގެއްލުންދޭން ގޮވާލި މައްސަލަ މި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު، ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް  ކުށްވެރިކުރައްވައިފި އެވެ. ގާސިމް ކުރެއްވި ޓ...

06 Sep 2020 | 06:27

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅަށް ގެއްލުންދޭން ގޮވާލި މައްސަލަ މި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު، ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް  ކުށްވެރިކުރައްވައިފި އެވެ.

ގާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި، އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް އެއްވެސް މީހަކު ގޮވައި، ހިތްވަރުދީ ހަދައިގެން ނުވާނެ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅު ޖެހުމަށް އާަންމު ޓީވީއެއްގައި ގޮވާލި ގޮވުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން." ގާސިމް ވިދާޅުވިއެވެ.

https://twitter.com/qasimibrahim/status/1302337880614821888?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1302337880614821888%7Ctwgr%5Eshare_3&ref_url=https%3A%2F%2Fmihaaru.com%2Fnews%2F79882

ރައީސްގެ ހަށިކޮޅަށް ގެއްލުންދޭން މީހަކު ގޮވާލީ ޗެނަލް-13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގަ އެވެ. ސަރުކާރަށް ފާޑު ކިޔައި ވާހަކަ ދެއްކި އެ މީހާ ބުނީ ވެރިކަން އަވަހަށް ނައްތާލަން ބޭނުންވާ ކަމަށާއި "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގާ އަލިފާން ޖަހަން ޖެހޭ " ކަމަށެވެ.

ރައީސްގެ ހަށިކޮޅުގައި ހުޅު ޖަހަން ގޮވާލި މައްސަލައަކީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ މައްސަލަ ބަލަމުންނެވެ. އަދި އެހެން ގޮވާލާ އަޑު ބްރޯޑްކާސްޓް ކޮށްފައިވާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ ޗެނަލް 13 ގެ މައްސަލަ ވެސް ބަލަމުންނެވެ. ޗެނަލް 13 އިން ވަނީ މި ކަމާ ގުޅިގެން މައާފަށް އެދި ބަޔާނެއް ވެސް ނެެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް