ހުސެއިން މުހައްމަދުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު އަވަހާރަވުމާ ގުޅިގެން، އޭނާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ސުކޫތެއް ގެނެސްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ...

06 Sep 2020 | 06:04

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު އަވަހާރަވުމާ ގުޅިގެން، އޭނާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ސުކޫތެއް ގެނެސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވަނީ ހުސެންބެގެ އާއިލާއަށް، އީވާގެ އަމިއްލަ ނަމުގައްޔާއި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި ތައުޒިޔާ ފޮނުއްވައިފަ އެވެ.

މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި، ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ ތިން ވަނަ ދުވަހު ރެއެވެ.

ހުސައިން މުހައްމަދު އެންމެފަހުން ހުންނެވީ ނިމިދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ކަމުގަ އެވެ. އަދި އޭގެ ކުރިން 17 ވަނަ މަޖިލީހުގައިވެސް މަތިވެރި ދާއިރާ، އަދި 16 ވަނަ މަޖިލީހުގައި އއ. އަތޮޅުގެ މެމްބަރުކަން ކުރެއްވި އެވެ.

މީގެ އިތުރުންވެސް ހުސައިން މުހައްމަދު ވަނީ ތައުލީމީ ދާއިރާއަށާއި މީޑިއާ ދާއިރާއަށްވެސް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް