ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުންދޭން ގޮވާލި މީހާ ހައްޔަރުކޮށްފި އެވެ.
ޗެނަލް 13 އިން ވަގުތުން ބްރޯޑްކާސްޓު ކުރި ޕްރޮގްރާމަކަށް ގުޅައިގެން ވާހަކަ ދެއްކި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅަށް ގެއްލުންދީ ހުޅުޖެހުމަށް ގޮވާލާފައި އެވެ. މި މައްސަލައިގައި ޗެނަލް 13 އިން ވަނީ މައާފަށް އެދިފައި އެވެ.
ފުލުހުން ބުނީ މި މައްސަައިގަ ހައްޔަރުކޮށްފަިއވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެމީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުން ފިޔަވައި މި މައްސަލައިގަ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދާއިރު ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް