ވައިއާރްއެފް އިން ސްޓްރީމިން ޕްލެޓްފޯމެއް ލޯންޗްކުރަނީ

އިންޑިއާގެ އެންމެ ބޮޑު އެއް ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ސްޓްރީމިން ޕްލެޓްފޯމެއް ލޯންޗްކުރަން ނިންމައިފި އެވެ. ޑައިރެކްޓަރު/ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ މިހާރު ހިންގުމުގެ ޒިނ...

06 Sep 2020 | 05:11

އިންޑިއާގެ އެންމެ ބޮޑު އެއް ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ސްޓްރީމިން ޕްލެޓްފޯމެއް ލޯންޗްކުރަން ނިންމައިފި އެވެ.

ޑައިރެކްޓަރު/ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ މިހާރު ހިންގުމުގެ ޒިންމާ ނަގަމުން އަންނަ ވައިއާރްއެފުން ލޯންޗްކުރާ ޕްލެޓްފޯމް ވާނީ ކުރިއަށް އޮތް ތަނުގައި އެ ސްޓޫޑިއޯގެ ފިލްމުތަކާއި އެތަނުން ޑިސްޓްރިބިއުޓްކުރާ ފިލްމުތައް އޮންލައިންކޮށް ބަލައިލެވޭނެ އެއްޗަކަށް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ވައިއާރްއެފްގެ ފިލްމުތައް މިހާރު ސްޓްރީމްކޮށްގެން ބަލައިލެވެނީ އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށެވެ. އެ ދެ ތަނުން މިކަމަށް އެއްބަސްވުމެއް ހަދާފައި އޮންނަތާ މިހާރު ދެތިން އަހަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ވައިއާރްއެފްގެ ސްޓްރީމިން ޕްލެޓްފޯމް ނުވަތަ އޯވަ-ދަ-ޓޮޕް (އޯޓީޓީ) ލޯންޗްކުރާނީ މި މަހުގެ 27 ގައި ކަމަށެވެ. އެ ދުވަހަކީ އެތަނުގެ ބާނީ އަދި 2012 ގައި މަރުވެފައިވާ ޔާޝް ޗޯޕްޅާގެ 88 ވަނަ އުފަން ދުވަހެވެ.

ވައިއާރްއެފަކީ 50 އަހަރުގެ ދިގު ތާރީހެއް އޮތް ކުންފުންޏަކަށްވާ އިރު، އެތަނުން މިހާތަނަށް ރީތި އަދި ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް