ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅުނު އިރު، މީގެ ތެރެއިން އެއް މެޗަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗެވެ. މި މެޗު ވަރަށް ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފައިވަނީ ޕޯޗުގަލް އިންނެވެ.
ލީގު އޭ ގްރޫޕް ތިނެއްގައި ހިމެނޭ ޕޯޗުގަލުން އެޓީމުންކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 1-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޕޯޗުގަލްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްގެ އެހީތެރިކަމާއެކު ޑިފެންޑަރު ޖާއޯ ކަންސެލޯއެވެ.
މި ނަތީޖާއާއި އެކު ޕޯޗުގަލްއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި އެޓީމުން ކާމިޔާބު ކޮށް ލީޑު ފުޅާ ކުރިއެވެ. މި ލަނޑު ރަފައެލް ގުއެރޭރޯގެ އެހީއާއެކު ޖަހައިދިނީ ޑިއޯގޯ ޖޮޓާއެވެ. އަދި 70 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ދިން ޕާހަކުން ޕޯޗުގަލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން ތަރި ޔާއޯ ފެލިކްސްއެވެ.
މި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދެ ލަނޑު ފެނިގެންދިޔައިރު، އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ބްރޫނޯ ޕެޓްކޮވިޗް ވަނީ ކްރޮއޭޝިއާއަށް ލަނޑެއް ޖަހައިދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު އަނެއްކާވެސް ބޮޑުކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަންދްރޭ ސިލްވާއެވެ.
މި ގްރޫޕުގ އިތުރު މެޗެއްވެސް ރޭ ކުޅެފައިވާއިރު، މި ގްރޫޕުގައި ހިމެނޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ވަނީ ސްވިޑެން އަތުން 0-1 ގެ ނަތީޖާއިން މޮޅުވެފައެވެ.
ސްވިޑެންގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ފްރާންސުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ފޯވާޑް ކީލިއަން އެމްބާޕޭއެވެ.
އަދި މި މެޗުގެ އިތުރު ވަގުތުގައި ފްރާންސަށް ވަނީ ލީޑު ފުޅާކުރަން ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ފްރާންސްގެ އެންތަނީ މާޝިއަލްއަށް ސްވިޑެންގެ ވިކްޓަ ލިންޑެލޯފް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު،
ލީގް އޭ ގްރޫޕް 2
އައިސްލޭންޑް - އިންގްލެންޑް : 0-1
ޑެންމާކް - ބެލްޖިއަމް : 0-2
ލީގް ސީ ގްރޫޕް 1
އަޒަރަބައިޖާން - ލަގްޒެމްބާގް :1-2
ސައިޕްރަސް - މޮންޓެނިގްރޯ :0-2
ލީގް ސީ ގްރޫޕް 2
ނޯތް މެސެޑޯނިއާ - އަރްމީނިއާ :1-2
އެސްޓޯނިއާ - ޖޯޖިއާ :0-1
ލީގް ޑީ ގްރޫޕް 2
ގިބްރޮލްޓާ - ސަންމަރީނޯ :1-0
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް