ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެގެން ކުރަމުންދާ ވިއްސާރަކަމަށެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި މިއަދުގެ ކުރިޔަށް ހުރި ވަގުތުތަކުގައިވެސް މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ އެވެ.
އެންޑީއެމްއޭއިން ބުނީ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތުން ގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމާއި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 55 މޭލާއި 60 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތުވެސް އެބަ އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް