މޫސުމަށް ސަމާލުވޭ: ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅާއި ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފި އެވެ. އެ ސަރަހައްދުގެ ރަށްތަކަށް ރޭ އިރާކޮޅުން ފެށިގެން މެޓް އޮފީހުން އޮތީ ޔެލޯ އެލާޓު ނެރެފައި އެވެ. މި...

06 Sep 2020 | 03:51

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅާއި ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

އެ ސަރަހައްދުގެ ރަށްތަކަށް ރޭ އިރާކޮޅުން ފެށިގެން މެޓް އޮފީހުން އޮތީ ޔެލޯ އެލާޓު ނެރެފައި އެވެ. މިއަދު ޔެލޯ އެލާޓުގެ ވަގުތު ވަނީ މެންދުރު 1:00 ގެ ނިޔަލަށް އިތުރުކޮށްފައި އެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުގެ ރަށްތަކުގެ ކަނޑު ގަދަވެ އާންމު ގޮތެއްގައި ވައި ބާރުވާނެ ކަމަށެވެ. އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރާއިރު ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ޔެލޯ އެލާޓު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ފިޔަަވަޅު އެޅުމަށް ހަނދާން ކޮށްދިނުމަށެވެ.

ރެއަކީ މޫސުން ގޯސްވެ މިފަހަކުން އެންމެ ބާރަށް ވައި ޖެހުނު ރެ އެވެ. މެޓް އޮފީހުން ލަފާކުރި ގޮތުގައި ރޭ ރާއްޖޭގެ ބޮޑުބަޔަކަށް 60 މޭލަށް ވައިޖެހިފައިވެ އެވެ.

މެޓް އޮފީހާ ކޯސްޓްގާޑުން ވަނީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް