ދިރާގު މަމެންގެ ވާހަކަ ބުނެގެން ހިލޭ ޑޭޓާ !

ދިރާގު މަމެންގައި "މަމެން ރިފެރަލް" ފީޗަރ އާ އެކު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެގޮތް ތައާރަފުކޮށްފިއެވެ. "މަމެން ރިފެރަލް" ފީޗަރ މެދުވެރިކޮށް މިހާރު މަމެން ގެންގުޅޭ ކަސްޓަމަރުން އާއިލާ އާޢި ރައްޓެހ...

06 Aug 2020 | 17:26

ދިރާގު މަމެންގައި "މަމެން ރިފެރަލް" ފީޗަރ އާ އެކު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެގޮތް ތައާރަފުކޮށްފިއެވެ.

"މަމެން ރިފެރަލް" ފީޗަރ މެދުވެރިކޮށް މިހާރު މަމެން ގެންގުޅޭ ކަސްޓަމަރުން އާއިލާ އާޢި ރައްޓެހިންނަށް "މަމެން" ޕްލޭންސް އެކްޓިވޭޓް ކުރުމަށް "ރިފަރ" ނުވަތަ ދައުވަތުދީގެން ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. އެގޮތުން، މަމެން ރެފަރަލް މެދުވެރިކޮށް މަމެން ޕްލޭނެއް ނެގުމުން "ރިފަރ" ކުރި ކަސްޓަމަރުގެ އިތުރުން، އެ ރެފަރަލް މެދުވެރިކޮށް އަލަށް ކަނެކްޝަން ނަގާ ކަސްޓަމަރަށްވެސް ހިލޭ ޑޭޓާ ލިބިގެންދާނެއެވެ.

ހުރިހާ މަމެން ކަސްޓަމަރުންނަށްވެސް މަމެން އެޕްގައިވާ "ރިފަރަލް ޓެބް" މެދުވެރިކޮށް ޚާއްސަ "ރިފަރަލް ކޯޑް" އެއް ލިބޭނެއެވެ. މި ކޯޑް މެދުވެރިކޯށް ބޯނަސް ޑޭޓާ އާއި ލީޑަރބޯޑް ޓްރެކް ކުރެވޭނެއެވެ. މަމެން އެޕް ގޫގުލް ޕެލޭ ސްޓޯރ އަދި އެޕަލް އެޕް ސްޓޯރ އިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ.

https://youtu.be/sEbzGmngZGI

މީގެ އިތިރުން، ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަންގެ ދަށުން މަމެން ޑޭޓާ އެޑް-އޮންތަކުން 25% ޑިސްކައުްޓް 31 އޮގަސްޓް 2020 ގެ ނިޔަލަށް ލިބިގެންދާނެއެވެ.

2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި މަމެންނަކީ އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހަމަޖައްސާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އިންގިލާބީ މޯބައިލް ޕްލޭނަކެވެ. ޒުވާނުންނަށް ބޮޑަށް އަމާޒުކޮށްގެން ނެރެފައިވާ މަމެންއަކީ މިހާތަނަށް ރާއްޖޭގައި ތައާރަފްކުރި މިފަދަ ފުރަތަމަ މޯބައިލް ޕްލޭނެވެ.

ޒުވާނުން ބާރުވެރިކުރުމަށް ގިނަ ކަންތައްތައްކެއް ކުރުމަށް ދިރާގުން ނުހަނު ބޮޑު އިސްކަމެއްދެއެވެ. އެގޮތުން، ޒުވާނުންގެ މެދުގައި މަގުބޫލް ކެފޭތަކާއި ފިހާރަ ފަދަ ތަންތަނާ ގުޅިގެން ގިނަ ފައިދާތައް މަމެން ކަސްޓަމަރުންނަށް ލިބޭނެ މަގުތައް ދިރާގުން ދަނީ ހޯދަމުންނެވެ.

އިތުރު މައުލޫމާތު ހޯދުމަށް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް