ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ވިޔަފާރި ބަނދަރުގައި ހުރި ކެމިކަލް ގުދަނެއްގައި ގޮވި ގޮޮވުންތަކާއި ގުޅިގެން މިހާތަނަށް 137 މީހަކު މަރުވެފައިވެ އެވެ.
މިހާދިސާގައި އަނިޔާވި މީހުންގެ އަދަދު 5،000 އަށް އަރާފައިވާއިރު ގެދޮރު ގެއްލުނު މީހުންގެ އަދަދު ވަނީ 300،000 އަށް އަރާފައި އެވެ. މި ހާދިސާގައި އެ ގުދަނުގައި ހަ އަހަރު ވަންދެން ރައްކާކޮށްފައިހުރި ކެމިކަލްގެ ބާވަތެއް ކަމަށްވާ އެމޯނިއަމް ނައިޓްރޭޓުގެ 2،750 ޓަނު ގޮވާފައިވާކަމަށް ލުބުނާނު ސަރުކާރުން ބުނެފައިވެ އެވެ.
އެމޯނިއަމް ނައިޓްރޭޓަކީ ގަސްކާނާ ހެދުމުގައި އާންމުކޮށް ބޭނުންކުރާ އިންޑަސްޓްރިއަލް ކެމިކަލެކެވެ. މިއީ ގަހަށް ބޭނުންވާ ނައިޓްރޮޖެން ލިއްބައިދޭ ރަނގަޅު ބާވަތެކެވެ. މައިންތަކުގައި ގޮވާ ގޮވުންތަކުގެ މައިގަނޑު ސަބަބަކަށް ވެސް މި ކެމިކަލްވެ އެވެ.
މި ހާދިސާގައި މުޅި ބެއިރޫތން ކަރަންޓު ކެނޑިފައިވާއިރު މިކަމާއި ގުޅިގެން އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމަށް ދަތިތަކާއި ކުރިމަތިވެފައިވެ އެވެ. މި ގޮވުމުގެ އަސަރު 150 މޭލު ދުރަށް ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް