ގުޅީފަޅު މަޝްރޫއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ވެބްސައިޓެއް ލޯންޗުކޮށްފި

ގުޅީފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ މި ވެބްސައިޓު ގައި ގުޅިފަޅު މަޝްރޫގެ މައުލޫމާތާއި ތިމާވެއްޓަށް ކުރާ...

06 Aug 2020 | 10:05

ގުޅީފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ މި ވެބްސައިޓު ގައި ގުޅިފަޅު މަޝްރޫގެ މައުލޫމާތާއި ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ކުރާ މަސައްކަތްތައް ވެސް ހުންނާނެ ކަމަށެވެ. އަދި މި މަޝްރޫއާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތައް ހުރި ނަމަ އެކަން "ފީޑްބެކް' ގެ ގޮތުގައި މިނިސްޓްރީ އާ ހިއްސާ ކުރެވެނެ ކަމަށެވެ.

ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓަކީ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ޕްލޭނު ކުރިއަށް ގެންދިޔުމަށް ހިންގާ ޕްރޮޖެކްޓެކެވެ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑަށެވެ. ޕްރޮޖެކްޓުގެ އަގަކީ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ)އެވެ.

ގުޅިިފަޅު ހިއްކާތީ އެ ސަަރަހައްދުގެ ކަނޑާއި ފަޅުތަކަށް ގެއްލުން ލިބޭ ކަމަށް ބުނެ އާއްމުން ދަނީ އެ ޕްރޮޖެކްޓު ހުއްޓުވުމަށް އެދެމުންނެވެ. ގުޅިފަަޅު ޕްރޮޖެކްޓުުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރަށް އެ ސަރަހައްދުގެ ފަރުތަކަށް ގެއްލުން ލިބި ގިނަ ޑައިވް ޕޮއިންޓްތަކައް ވެސް ނުރައްކާ ވާނެކަމަށް އެކި ފަރާތްތަކުން ބުނެ އެވެ.

ގުޅީފަޅު ޑްރެޖިން އެންޑް ލޭންޑް ރިކްލެމޭޝަން ޕްރޮޖެކްޓުގެ ދަށުން ހަ މިލިޔަން ކިޔުބިކް މީޓަރުގެ ބިން ހިއްކާ ރިވެޓްމެންޓު ޖަހާނެއެވެ. މި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 20 މިލިޔަން ކިޔުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާނެ ކަމަށް ވެބްސައިޓުގައި ބުނެފައިވެއެވެ.

ގުޅީފަޅު ހިއްކަން ފަށާފައިވަނީ މެއި މަހުގެ ތެރޭގައެވެ. މި ޕްރޮޖެކްޓު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ ނުވަ މަހާއި 14 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް