ނެޕީން ޑިއުޓީ ކަނޑާލުމާއެކު ރެޑްވޭވް އިން އެތެރެކޮށް ވިއްކާ "މޮލްފިކްސް" ނެޕީ އަގު ހެޔޮކޮށްފި

ކުރިން ބޮޑު އަދަދެއްގެ ޑިއުޓީއެއް ނަގަމުންއައި ޑައިޕާރސްއިން އިން ޑިއުޓީ ކަނޑާލުމާއި އެކު، ރެޑްވޭވުން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ މޮލްފިކްސް ބްރޭންޑުގެ ޑައިޕާރސްގެ އަގު ވަރަށް ބޮޑުތަނުން ހެޔޮ ކ...

06 Aug 2020 | 06:58

ކުރިން ބޮޑު އަދަދެއްގެ ޑިއުޓީއެއް ނަގަމުންއައި ޑައިޕާރސްއިން އިން ޑިއުޓީ ކަނޑާލުމާއި އެކު، ރެޑްވޭވުން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ މޮލްފިކްސް ބްރޭންޑުގެ ޑައިޕާރސްގެ އަގު ވަރަށް ބޮޑުތަނުން ހެޔޮ ކުރެވިފައިވާ ކަމުގައި އެކުންފުނިން މައުލޫމާތު ދެއްވައިފިއެވެ.

މިގޮތުން މޮލްފިކްސް ބްރޭންޑުގެ ޕޭންޓްސް، ޑައިޕާރސް އަދި ބޭބީ ޑައިޕާރސްގެ އަގުވެސް ވަނީ ވަރަށް ބޮޑަށް ހެޔޮކުރެވިފައެވެ. އެގޮތުން ރީޓެއިލް އަގުން %30 އާއި %15 ދެމެދުގެ ޑިސްކައުންޓެއް ދެވިފައިވާއިރު މޮލްފިކްސް ގެ ހޯލްސޭލް އަގުން %10 އާއި %20 ދެމެދުގެ ޑިސްކައުންޓެއްވަނީ ދެވިފައެވެ.

މޮލްފިކްސް ބްރޭންޑަކީ ދުނިޔޭގައި ނަންހިނގާ، ރާއްޖޭގެ މާރކެޓުގައި ހުރި އެހެން ބްރޭންޑްތަކާއި ޚިލާފަށް، ސީދާ ޔޫރަޕުން ރާއްޖެއަށް ގެނެސް ވިއްކަމުންދާ، ކޮލިޓީ ނެޕީ ބްރޭންޑެކެވެ.

މޮލްފިކްސް ބްރޭންޑްގެ ޑައިޕާރސް އަކީ ތުއްތު ދަރިފުޅުގެ ނާޒުކު ހަންގަނޑާއި އެންމެ އެކަށީގެންވާފަދަ ގޮތަކަށް ފަރުމާ ކުރެވިފައިވާ ނެޕީ އެކެވެ. އެގޮތުން، ނެޕީގައި އެލޯވެރާ އާއި ކެމޮމައިލް އެކުލެވޭ ފަށަލައިގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަންގަނޑު ރަނގަޅު ސިއްހަތެއްގައި ބަހައްޓައިދެއެވެ. އަދި މީގެ އިތުރުން މޮލްފިކްސް ޕޭންޓްސް އަދި ޑައިޕަރގާ ނެޕީ ފޯވިކަން އަންގައިދޭ، ކުލަބަދަލުވާ "ވެޓްނަސް އިންޑިކޭޓާރ" ލައިނެއް ހިމެނެއެވެ.

ރެޑްވޭވުން މައުލޫމާތު ދޭގޮތުގައި އެކުންފުންޏަކީ އަބަދުވެސް ބާޒާރުގެ އަގަށް އަންނަ ހެޔޮބަދަލުތައް، ވިއްކާމުދަލުން ކަސްޓަމަރުންނާއި ހިސާބަށް ގެނެސްދެމުން އަންނަ ކުންފުންޏެކެވެ. މޮލްފިކްސް ބްރޭންޑުގެ ނެޕީގެ އަގުތަކާއި ބަހޭ އިތުރު މައުލޫމާތު ރެޑްވޭވްގެ ވެބްސައިޓް www.redwave.mv އަދި ރެޑްވޭވް ހޯލްސޭލްގެ ނަމްބަރު 9890099 އަދި 9194499 އިން ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް