ސެމްސަންގުން މިދިޔަ އަހަރު ނެރުނު "ސެމްސަންގް ފޯލްޑް" އަދި މި އަހަރު ކުރީކޮޅު ނެރުނު "ގެލެކްސީ ޒެޑް ފްލިޕް" އަދި "ޒެޑް ފްލިޕް 5G" ގެ ތަޖުރިބާގެ އަލީގައި ކެމެރާ ވަރުގަދަކޮށް ސްކްރީން ސައިޒް ބޮޑުކޮށް ސެމްސަންގް ގެ އައު، ފަތްޖަހާލެވޭ ފޯނު، ސެމްސަންގް "ގެލެކްޒީ ޒެޑް ފޯލްޑް 2" އިއުލާނުކޮށްފިއެވެ.
މި އައު ފޯނުގެ އެންމެ ބޮޑު އެއް ބަދަލަކީ ސްކްރީން ސައިޒެވެ. ފަތް ޖަހާލާފައި އޮންނަ އިރުވެސް އާދައިގެ ފޯނެއްގެ ސައިޒް ހުންނައިރު ހުލުވާލުމުން 7.6 އިންޗީގެ ޑިސްޕްލޭ ސައިޒެއް ލިބެއެވެ.
ޑިސްޕްލޭ ރިފްރެޝް ރޭޓުވެސް މަތިކޮށްފައިވާއިރު ޕްރޮސެސަރ ވެސް ވަނީ އަޕްގްރޭޑް ކޮށްފައެވެ. މި ފޯނުގައި ހިމަނާފައިވަނީ "ސްނެޕް ޑްރެގަން 865 ޕްލަސް ޕްރޮސެސަރ" އެކެވެ.
ސެމްސަންގުން ކުރިން ތައާރަފްކުރި، ފަތް ޖަހާލެވޭ ދެ ފޯނާ އަޅާ ބަލާއިރު މި ފޯނު ތުނިވެފައި ޖީބަށް ހެޔޮވަރުވާނެ ކަމަށް ސެމްސަންގުން ބުނެފައިވެއެވެ.
ރިއަރ ކެމެރާގައި ތިން ލެންސު ހިމަނާފައިވެއެވެ. އެއީ 12 މެގްޕިކްސެލްގެ ޕްރައިމަރީ ލެންސަކާއި 12 މެގަޕިކްސެލްގެ ސެކްންޑަރީ އަދި އަލްޓްރާ ވައިޑް އޭންގަލް ލެންސެއްގެ އިތުރުން 12 މެގަޕިކްސެލްގް ޓާޝަރީ ޓެލެފޮޓޯ ލެންސެކެވެ.
ފްރޮންޓް ކެމެރޭ ޕަންޗްހޯލް ގޮތުގައި ފަތްޖަހާލާފައި އޮންނައިރު ފެންނާނެހެން 10 މެގަޕިކްސެލްގެ ފިކްސް ފޯކަސް ލެންސަކާއި ހުޅުވާލުމުން ފެންނާނެހެން 10 މެގަޕިކްސެލްގެ ފިކްސް ފޯކަސް ލެންސެއް ހިމަނާފައިވެއެވެ.
މި ފޯނު ދެ ކުލައެއްގައި މާކެޓަށް ނެރެން ސެމްސަންގުން ވަނީ ނިންމާފައެވެ. އެއީ "މިސްޓިކް ބްލެކް" އަދި "މިސްޓިކް ބްރޯންޒް" އެވެ. އަދި ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި "ތޮމް ބްރޯން" ކުލަ ނެރޭނެ ަކމަށް ބުނެފައިވެއެވެ.
https://www.youtube.com/watch?v=1wpDdSUjh0A
މި ފޯނު މާކެޓަށް ނެރޭނެ ވަކި ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް ސެޕްޓެމްބަރު އެކެއްގައި ސެމްސަންގުން ބާއްވާ އިވެންޓުގައި މި ފޯނު ރަސްމީކޮށް އިއުލާނުކުރާނެއެވެ. މި ފޯނާ ބެހޭ އިތުރު ތަފްސީލުވެސް އެ ތާރީހުގައި ހާމަކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް