މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

މިރޭގެ ކުރިޔަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ. އެލާ...

05 Aug 2020 | 20:20

މިރޭގެ ކުރިޔަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓު ނެރެފައިވަނީ މެންދަމު 1:00 ން ފަތިހު 5:00 އަށެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައިދަވާނެ އެވެ.

ޔެލޯ އެލާޓު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ މިދިޔަ ދެ ދުވަހު ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހިފައިވެ އެވެ. އެކަމަކު ވިއްސާރައިގަ އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް