ދިރާގުޕޭ އިން ބިލް ދައްކައިގެން ދެ މީހަކަށް ބާލީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގުޕޭ މެދުވެރިކޮށް ދިރާގުގެ ބިލްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އިންޑޮނޭޝިއާގެ ބާލީއަށް ދެ މީހަކަށް ޗުއްޓީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. ދި...

06 Jul 2026 | 15:52
ފޮޓޯ: ދިރާގު

ފޮޓޯ: ދިރާގު

ދިރާގުޕޭ މެދުވެރިކޮށް ދިރާގުގެ ބިލްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އިންޑޮނޭޝިއާގެ ބާލީއަށް ދެ މީހަކަށް ޗުއްޓީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭ މެދުވެރިކޮށް ގިނަ ބިލްތައް ދައްކާ ކަސްޓަމަރުންނަށް ބާލީ ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ދެ މީހަކަށް ބާލީއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި ހުރުމުގެ އިންތިޒާމުގެ އިތުރުން ޓްރެވަލް އެޖެންސީން ފަރުމާކޮށްފައިވާ ޚާއްޞަ ޓުއާއެއް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށެވެ.

ދިރާގުން ބުނި ގޮތުގައި އެ ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން ފެށި ޕްރޮމޯޝަނެއް ކަަމަށެވެ.

ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް