ލިބެންޖެހޭ ފައިސާ ނުލިބޭތީ ކުޑަބަނޑޮސް ފެސިލިޓީގައި ތިބި އެންމެންނަށް ތިން އިރަށް މުގުރިހަ !

ހިދުމަތަށް ލިބެންޖެހޭ ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ކުޑަބަނޑޮސް ފެސިލިޓީގައި ތިބި އެންމެނަށް ތިން އިރަށް މުގުރިހަ ދޭން އެ ފެސިލިޓީން ނިންމައިފިއެވެ. އެގޮތުން އެ ފެސިލިޓީގައި ތިބި ބައ...

06 Jul 2020 | 17:18

ހިދުމަތަށް ލިބެންޖެހޭ ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ކުޑަބަނޑޮސް ފެސިލިޓީގައި ތިބި އެންމެނަށް ތިން އިރަށް މުގުރިހަ ދޭން އެ ފެސިލިޓީން ނިންމައިފިއެވެ.

އެގޮތުން އެ ފެސިލިޓީގައި ތިބި ބައެއް ފަރާތްތަކުން ދުވަހަށް މައުލޫމާތުދެމުން ބުނީ މިއަދާއި ހަމައަށް ކެއުން ލިބެމުން އައީ ވަރަށް ރަނގަޅަށް ކަމަށާއި މިއަދުން ފެށިގެން ދެން ތިން އިރަށް ލިބޭނީ މުގުރިހަ ކަން އަންގާފައިވާކަމަށެވެ.

"ބުނީ ހެނދުނަށް ލިބޭނީ މުގުރިހައާއި ރޮއްޓޭ، މެންދުރަށް މުގުރިހަ އާއި ބަތޭ އަދި ރޭގަނޑަށްވެސް މުގުރިހަ އާއި ބަތޭ، ހަވީރު ދިނީ ހަތަރު ބިސްކޯދު، ކުރިން ނަމަ ހަވީރުވެސް ހެދިކާއެއް ލިބެމުންދިޔަ" ދުވަހަށް މައުލޫމާތު ހިއްސާކުރި އެއް ފަރާތުން ބުންޏެވެ.

މިކަމާއި ގުޅޭގޮތުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީގެ) ފަރާތުން، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މިކަން މިއަދު ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މިކަން ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް