މުސާރަ ނުދީގެން އައިލެންޑް އެކްސްޕާޓްސްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން މުޒާހަރާ ކޮށްފި އެވެ.
އެ ކުންފުންޏަކީ ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާ ފްލެޓުތައް އިމާރާތް ކުރާ މީހުންނެވެ.
ފުލުހުން ބުނީ އައިލެންޑް އެކްސްޕްރެސް އޮފީސް ކައިރިއަށް އެއްވެ ބިދޭސީން މުޒާހަރާ ކުރަނިކޮށް އެމީހުން ފޮނުވާލާފައިވާ ކަމަށެވެ. އެމީހުން ފޮނުވާލުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.
އެކަމަކު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާކޮށް އަޑުގަދަ ކުރަން ތިބި މީހުން ދުރައްޖަށް ފުލުހުން އުޅުމުގެ ތެރޭގައި ހަމަނުޖެހުން ހިނގައި ފުލުހުން ބާރުގެ ބޭނުން ކުރި ތަން ފެނެ އެވެ.
މުޒާހަރާ ކުރި ބިދޭސީންގެ ތެރޭގައި 80 ވަރަކަށް މީހުން ހިމެނެ އެވެ. އެމީހުން ވަނީ އެ ކުންފުނީގެ މެނޭޖްމެންޓާއިވެސް ބައްދަލުކޮށްފައި ކަމަށްވެ އެވެ.
މުސާރަ ނުދޭ މައްސަލައިގަ އޮފީސް ދޮށުގައި މުޒާހަރާ ކުރުމުގެ އިތުރުން ހަދަމުންދާ ފުލުހުންނާއި ސިފައިންގެ ފްލެޓުތަކަށްވެސް ގެއްލުން ދީފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އިމާރާތާއި ތައްކެއްއްޗަށް ގެއްލުން ދީފައިވެ އެވެެ.
މިއީ އެ ބިދޭސީން މުޒާހަރަ ނުދޭ މައްސަލައިގަ މުޒާހަރާ ކުރި ދެވަނަ ފަހަރެވެ. މިދިޔަ މަހު 25 ދުވަހުވެސް އައިލެންޑާސް އެކްސްޕާޓްގެ މެނޭޖްމެންޓާއި ދެބަސްވެފައިވެ މުޒާހަރާ ކޮށްފައިވެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް