ކާށިދޫ ކަނޑަށް ބޯޓެއް އަޑިއަށްގޮސް، އެ ބޯޓުން ކަނޑުވި ފަސް މީހުން ސަލާމަތް ކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ބޯޓުގައި ތިބި މީހުން ކަނޑުވެފައި ތިއްބާ ފެނިގެން ކޯސްޓްގާޑު ލޯންޗަށް މިއަދު 02:20 ހާއިރު ނަގާފައިވާކަމަށެވެ. މިހާރު އެމީހުން ގެންދަނީ މާފިލާފުއްޓަށް ކަމަށެވެ.
އެމީހުންގެ ހާލު ރަނގަޅު ކަމަށާއި އެއީ ހަތަރު ދިވެއްސަކާއި ބިދޭސީއަކު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
"ފަތޮޅު" ނަމަކަށް ކިޔާ ބޯޓެއް އަޑިއަށް ދިޔަކަމަށް މައުލޫމާތު ލިބުނީ މެންދުރު 12:29 ހާއިރު ކަމަށް ކޯސްޓްގާޑުން ބުނެއެވެ. އަދި އެއީ މާލެއިން ފުރައިގެން ދަތުރުކުރި ބޯޓެކެވެ.
ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ބޯޓުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް މައުލޫމާތުދެ އެވެ. އެހެންވެ ސީ ޕްލޭންގައިވެސް މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް