ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު އުދަ އަރާނެ ކަމަށް ލަފާކޮށްފި

އުދަ އަރާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓްރޮލޮޖީ ސާވިސް އިން ވައިޓް އެލާޓު ނެރެފި އެވެ. ވައިޓް އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 12:30 ން ހަވީރު 4:00 އަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި ރާ...

06 Jul 2020 | 08:18

އުދަ އަރާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓްރޮލޮޖީ ސާވިސް އިން ވައިޓް އެލާޓު ނެރެފި އެވެ.

ވައިޓް އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 12:30 ން ހަވީރު 4:00 އަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވައިޓް އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވެ ތިބުމަށް ހަނދާން ކޮށްދިނުމުގެ ގޮތުން ނެވެ.

މިއަދު ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އެންމެ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އެހެން ހިސާބުތަކުގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.

ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ އެވެ.

ހުރިހާ ސަރަހައްދަކަށް ވިއްސާރަވެ އުދަ އެރުމުގެ ފުރުސަތު އޮތް ކަމުގައި ވިޔަސް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާ ކުރެ އެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް