ފިޔާ ފްލެޓުތައް އަވަހަށް ހަވާލު ކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް!

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅަންފެށި ިޔާ ފްލެޓުތަކުގެ މަސައްކަތް ނިންމާ ވީހާވެސް އަވަހަކަށް ހަވާލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. މި މައްސަ...

06 Jul 2020 | 06:23

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅަންފެށި ިޔާ ފްލެޓުތަކުގެ މަސައްކަތް ނިންމާ ވީހާވެސް އަވަހަކަށް ހަވާލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. އިދިކޮޅު މެންބަރުން މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގެންފައި މިވަނީ ކައުންސިލް އިންތިހާބާއި ގުޅިގެން ގާނޫނު އަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގައި ޝިޔާމަށް އަނިޔާވުމުން ޖަލްސާތައް ބޯއިކޮޓް ކޮށް ޖަލްސާއަށް ހާޒިރު ނުވެ ތިބުމަށް ފަހު އެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގަ ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު މީހުންނަށް ވީ އެންމެ އަވަހަކަށް އެ ތަންތަން ހަވާލުކޮށް، ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ގޮވައިލައްވާ ކަމަށެވެ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އަޅަންފެށި ފްލެޓުތައް ހައްގުވެރިންނަށް ހަވާލު ކުރުމުގައި މި ސަރުކާރުން ލަސް ކުރަމުންދާ ކަމަށެވެ.

އެ މައްސަލައިގަ ވިދާޅުވެފައިވާ ގޮތުގައި ފްލެޓުތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ރައްޔިތުންނެއް ތިބިއިރު އަދި ވެސް އެ ތަނަށް ވަދެވޭނެ ވަކި ދުވަހެއް މި ސަރުކާރުން ހާމަ ނުކުރާ ކަމަށެވެ. އަދި މި ސަރުކާޜުން އަޅައިދޭނެ ކަމަށް ވައުދުވެފައިވާ ފްލެޓުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް ގޮވާލާފައިވެ އެވެ.

ޝިޔާމް ހުށަހެޅުއްވި މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ44 މެންބަރުންގެ އިއްތިފާގުންނެވެ. އޭގެ ތެރޭގައި އެމްޑީޕީ މެމްބަރުންވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް