ކޯވިޑް-19ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުންދިޔަ އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ފަތިހު 04:35 ހާއިރު ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ...

06 Jul 2020 | 05:08

ކޯވިޑް-19 އަށް ފަރުވާ ދެމުންދިޔަ އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ފަތިހު 04:35 ހާއިރު ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ އަކީ ޑީއެޗް 11 ގައި ފަރުވާދެމުންދިޔަ މީހެއް ކަމަށް ހެޗްޕީއޭއިން ބުނެފައިވެއެވެ.

މިއީ ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި 12 ވަނަ މީހާއެވެ. މިހާތަނަށް ހަތަރު ބިދޭސީއަކާއި އަށް ދިވެއްސަކު މިވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ދެ ދެމަފިރިއަކުވެސް ހިމެނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ފުރަބަންދު އިއުލާނުކުރި ނަމަވެސް ލުއިތަކެއް ދިނުމަށްފަހު ފުރަބަންދު މިހާރު މިވަނީ އުވާލާފައެވެ. އުވާލި ފަހުން ފާއިތުވި ދެ ދުވަހު ކޭސްތައް އިތުރު ކަމަށް ދައްކާފައިވެއެވެ. އެގޮތުން އިއްޔެ އެކަނިވެސް 33 މީހަކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދު މިވަނީ 2486 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް