ކޯވިޑް-19 އަށް މިއަދު ރާއްޖެއިން 18 މީހަކު ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މިގޮތުން އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ޕޮޒިޓިވް ވެފައިވާ 18 މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެއްސަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހަކާއި ސްރީ ލަންކާއަށް ނިސްބަތްވާ މީހެއްގެ އިތުރުން ނޭޕާލަށް ނިސްބަތްވާ މީހެއް ކަމަށެވެ.
މިއަދު 18 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ އަދަދު މިހާރު މިވަނީ 1901 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް