މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއްލިބުމާއެކު 8 ޖޫން 2020 ވަނަ ދުވަހުން ފެށިގެން އޮންލައިން އަދި ސެލްފް-ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްގެ ބްރާންޗް ތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.
މި ގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ.
މި ގޮތުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެން އަދި ހަމައެހެންމެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށްވާތީވެ، ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އަދަދެއްގެ ކަސްޓަމަރުންނަށް ކަމުގައި ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނެފައިވާގޮތުގައި ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެއެވެ. މިސާލަކަށް ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެއެވެ.
އެޕޮއިންޓްމަންޓް ހައްދާނީ ކިހިނެއް؟
އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވިކޮށް ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓައް އެދި ހުށަހެޅޭނެއެވެ.
- އެޕޮއިންޓްމަންޓް ޕޯޓަލް
ބީއެމްއެލްގެ ވެބްސައިޓްގައިވާ އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދަވަން ބްރާންޗް ނުވަތަ ސަރވިސް ސެންޓަރ ހިޔާރުކުރެއްވުމަށްފަހު ރިކުއެސްޓް ފޮނުވާށެވެ. އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން 'ޕަރމިޓް' ފޮނުވާނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ބޭންކަށް ވަޑައިގަންނަވަންވާނެއެވެ.
- އެސްއެމްއެސް
455 އަށް އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ ތިރީގައި މިވާ ގޮތަށް ކޮންމެ މައުލޫމާތެއް ވަކި ލައިނެއްގައެވެ.
- ބްރާންޗް ނުވަތަ ސަރވިސް ސެންޓަރުގެ ކީވޯޑް
- އައިޑީކާޑު ނަންބަރު / ޕާސްޕޯރޓް ނަންބަރު ( ބިދޭސީއެއްނަމަ)
- ނަން
- މިހާރު އުޅޭ އެޑްރެސް
މިސާލު: ކަސްޓަމަރ ސަރވިސް ސެންޓަރ މެދުވެރިކޮށް ކާޑު ބަލައިގަތުމަށް
CSC
AXXXXXX
Ali Ahmed
H.XXXXXXX
އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން 'ޕަރމިޓް' ފޮނުވާނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގަންނަވަންވާނެއެވެ.
ބްރާންޗް/ސަރވިސް ސެންޓަރތަކަށް ކަނޑައެޅިފައިވާ ކީވޯޑް
ހިދުމަތް ހޯއްދެއްވުމަށް ވަޑައިގަންނަވާއިރު ސަމާލުކަން ދެއްވަންވީ ކަންތައްތައް
- މާސްކު އެޅުއްން
- ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓެވުން
- އަމިއްލަ ގަލަން ގެންނެވުން
- ސެނިޓައިޒަރ ބޭނުންކުރައްވައިގެން އަތް ސާފުކުރެއްވުން
އިތުރު މައުލޫމާތު:
https://www.bankofmaldives.com.mv/appointment-based-services
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް