ކޯވިޑް ޖެހިފައިވާ ބަންގްލަދޭޝްގެ އިތުރު މީހަކު މަރުވެއްޖެ

ކޯވިޑް ޖެހިގެން ރާއްޖެއިން އަށް ވަނަ މީހަކު މަރުވެއްޖެ އެވެ. މިއަދު މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މީހެކެވެ. އެމީހާ އާއި ގުޅޭގޮތުން އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެ...

06 Jun 2020 | 10:50

ކޯވިޑް ޖެހިގެން ރާއްޖެއިން އަށް ވަނަ މީހަކު މަރުވެއްޖެ އެވެ.

މިއަދު މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މީހެކެވެ.

އެމީހާ އާއި ގުޅޭގޮތުން އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެމީހާ މިއަދު އައިޖީއެމްއެޗަށް ގެންދެވިފައިވަނީ ހެނދުނު 9:25 ހާއިރު ކަމަށެވެ. އޭރުވެސް އެމީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް ބުނެފައިވެ އެވެ.

އެމީހާ އައިޖީއެމްއެޗަށް ގެންދެވުނުގޮތެއްް އަދި އެއީ ކޮންތަނެއްގައި ދިރިއުޅޭ މީހެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ. އާންމު އުސޫލެއްގެ ދަށުން މިހާރު އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ދިއުމަކީ މަނާ ކަމެކެވެ.

މިހާތަނަށް ރާއްޖެއިން ވައިރަހަށް 1،883 މީހަކު ޕޮސިޓިވްވެފައިވާއިރު މަރުވެފައިވަނީ އަށް މީހެކެވެ ބަލިން 717 މީހަކު ރަނގަޅުވެފައިވެ އެވެ.

މި ބަލީގައި މަރުވެފައިވަނީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް