މަޖީދީ މަގު އޮލިމްޕަސް ކުރިމަތީގައި ހުންނަ "އެކްސީޑް" ފިހާރައިގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ އެ ފިހާރައިގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ. މި ހާދިސާގެ ރިޕޯޓުކޮށްފައި މިއަދު މެންދުރު1:00 ހާއިރު އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ގޮސް 20 މިނެޓު ތެރޭގައި ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި އެވެ.
ފުލުހުންވެސް ބުނީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގައި ފިހާރަ ޢައި އިމާރާތަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެމްއެންޑީއެފުން ދަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް