ހދ. ހަނިމާދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެމްޓީސީސީން ބުނީ އެ މަސައްކަތް ފެށީ މިމަހުގެ އެއް ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް ހަދައި ނިމި ހުުއްދަ ލިބުމުން ކަމަށް ބުނެފައިވެ އެވެ.
މި މަޝްރޫއު ނިމޭއިރު ހަނިމާދޫ ބަނދަރުގައި 355 މީޓަރުގެ ބޭރުތޮއްޓެއް ލާނެ ކަމަށެވެ. އަދި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 50 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ އެވެ.
މީގެ އިތުރުން 270 މީޓަރުގެ އެއްގަމު ތޮށި ގާއިމްކޮށް 1015 މީޓަރުގެ ސަރަހައްދެއްގައި މޭވްމެންޓު ގާއިމް ކުރާނެ އެވެ. މި މަޝްރޫއަށް 57.1 މިލިއަން ރުފިޔާ ހަރަދު ކުރާއިރު މި ޕްރޮޖެކްޓު ނިންމާލާއިރު ބަނދަރު ސަރަހައްދުގައި ލައިޓު ހަރުކުރާނެއެވެ.
މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ 10 މަސް ދުވަހުގެ ތެރޭގަ އެވެ. އެމްޓީސީސީން ބުނީ ކޯވިޑް-19 އާއި ގުޅުގެން ދަތިތަކެއް ދިމާވި ނަމަވެސް މަސައްކަތް ދުވަހަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް