ރައީސް ނަޝީދު އޭޕީއަށް ކަލަ ގޮވައިފި: ވިދާޅުވީ އޭޕީއަށް އެމަނިކުފާނު ފުރައިދިން ފޯމު މަދު ނުވާނެ ކަމަށް

ގާނޫނު އަސާސީއަށް އެންމެ ފަހުން އިސްލާހު ގެނައި ރޭ، މަޖިލީހުގެ ތަޅުމުގައި ހިނގި ކަންކަން ބަލާނެކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއެކު ހޫނުވެފައިވާ މަސްރަހުގައި ރައީސް ނަޝީދު، ކުރީގެ ޖެން...

06 Jun 2020 | 04:43

ގާނޫނު އަސާސީއަށް އެންމެ ފަހުން އިސްލާހު ގެނައި ރޭ، މަޖިލީހުގެ ތަޅުމުގައި ހިނގި ކަންކަން ބަލާނެކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއެކު ހޫނުވެފައިވާ މަސްރަހުގައި ރައީސް ނަޝީދު، ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފަށް ރައްދެއް ދެއްވައިފިއެވެ.

"އޭޕީއަށް އަޅުގަނޑު ފުރައިދިން ފޯމު މަދެއް ނުވާނެ، އޭޕީގެ މުޝްތަޝާރަށް މިކަން އެނގިވަޑައިގަންނަވާނެ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް އަދާލަތު ޕާޓީއަކީ މުޝްތަޝާރެއް ހުންނަ ޕާޓީއެއް ނޫނެވެ. އެއްވެސް އިރެއްގައި އެ މަގާމަށް އެ ޕާޓީން މީހަކު އައްޔަންކޮށްފައެއްވެސް ނުވެއެވެ.

ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ، އެމްޑީޕީގެ ޗެއާޕާސަން ކަންކަމާ އެއްޗެއް ވިދާޅުވީމާ އެ ދެއްކެވި ވާހަކައެއް އަޑު އައްސަވާލެއްވުން ބުއްދިވެރި ކަމަށެވެ.

ރައީސް ނަޝީދު، ޝިދާތާއަށް ރައްދު ދީފައިމިވަނީ މި ހޫނުގައި ޝިދާތާ ފޭސްބުކްގައި ޖެއްސެވި ސްޓޭޓަސް އަކާއި ގުޅިގެންނެވެ.

އެ ސްޓޭޓަސްގައި ޝިދާތާ ވިދާޅުވެފައިވަނީ އެމްޑީޕީން ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތު ޕާޓީން ކަމަށެވެ. މަޖިލީހުގައި ހިނގައިދިޔަ ކަންކަން ބައްލަވާނެ ކަމަށް އިމްރާން ވިދާޅުވީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށް ޝިދާތާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް