ބިޔަ ބޮޑު އެމްޑީޕީއަށް އަދާލަތާއި ނުލައި ވެރިކަމަކަށް ނާދެވޭ: ޝިދާތާ

އަދާލަތު ޕާޓީ ކުޑަޔަސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބިޔަ ބޮޑު އެމްޑީޕީއަށް އަދާލަތު ޕާޓީގެ ބޭނުން ޖެހޭ ކަމަށް އެމްޑީޕީގެ ޕްރެޝަރާއި ހެދި އަމިއްލަފުޅަށް ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވ...

06 Jun 2020 | 04:09

އަދާލަތު ޕާޓީ ކުޑަޔަސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބިޔަ ބޮޑު އެމްޑީޕީއަށް އަދާލަތު ޕާޓީގެ ބޭނުން ޖެހޭ ކަމަށް އެމްޑީޕީގެ ޕްރެޝަރާއި ހެދި އަމިއްލަފުޅަށް ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝިދާތާ މިހެން ވިދާޅުވީ އަދާލަތު ޕާޓީއަކީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އޮތް ޕާޓީއެއް ނޫންކަމަށާއި މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް ލިބިފައި ނުވާއިރު މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުންފުޅު ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲގެ ހުރެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެފައި ވަނިކޮށެވެ. ހަސަން އެހެން ވިދާޅުވީ މަޖިލީހުގައި ގާނޫނު އަސާސީ އިސްލާޙު ކުރި ރޭ ހިނގި ހަމަނުޖެހުންތައް ތަހުގީގު ކުރައްވާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވުމުންނެވެ.

ޝިދާތާ ފޭސްބުކްގައި ވިދާޅުވެފައިވަނީ އެމްޑީޕީން ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތު ޕާޓީން ކަމަށެވެ. މަޖިލީހުގައި ހިނގައިދިޔަ ކަންކަން ބައްލަވާނެ ކަމަށް އިމްރާން ވިދާޅުވީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށް ޝިދާތާ ވިދާޅުވެފައިވެ އެވެ.

އެއީ، އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން ބޮޑު ބިޔަ ޕާޓީއެއްގެ ޗެއާޕާސަން އަދި މަޖިލީހުގެ މެމްބަރުކަން ކުރައްވަން ވާނީ އެވަރު ދަންނަ ބޭފުޅުން ކަމަށް ހަސަން ލަތީފަށް ނިސްބަތް ކުރައްވާ ޝިދާތާ ލިޔުއްވާފައިވެ އެވެ.

ޝިދާތާ މިިނިސްޓަރު ކަމުން އިސްތިއުފާދެއްވީ އެމްޑީޕީގެ މަޖިލީސް މެންބަރުން އޭނާ އާއި ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓު ނަގަން ނިންމުމުންނެވެ. މި މައްސަލައިގަ އަދާލަތު ޕާޓީން ވަނީ ސަރުކާރާއި މެދު ހިތްހަމަ ނުޖެހޭކަން ހާމަކޮށްފައި އެވެ.

އެގޮތުން ޝެއިހް އިމްރާން މީގެ ކުރިން ވިދާޅުވެފައިވަނީ އެ ޕާޓީއަށް ހައްގު މިންވަރު ސަރުކާރުގެ ތެރެއިން ނުލިބޭ ކަމަށެވެ. އެމްޑީޕީ އާއި އެކު ކޯލިޝަން ހަދައި ސަރުކާރުގެ ތެރެއިން15 ޕަސެންޓު އަދާލަތު ޕާޓީއަށް ދޭން ކޯލިޝަން ޕާޓީތަކުން އެއްބަސްވެފައިވެ އެވެ.

އެކަމަކު މިހާތަނަށް އަދާލަތުގެ ދެ މަގާމެއްގައި ތިބި ބޭފުޅުން ވަޒީފާއިން ވަކިކޮށްފައިވާއިރު އެ މަގާމުތަކަށް ހަމަޖައްސާފައިވަނީ އެ ޕާޓީން ހުށަހެޅި މީހުންނެތް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް