އިންޑިއާގެ 700 މީހުންނާއި އެކު އައިއެންއެސް ޖަލަޝްވާ ފުރައިފި

އަނބުރާ ގައުމަށް ދާން ބޭނުންވެފައި ތިބ ި700 މީހުންނާއި އެކު އިންޑިއާގެ އަސްކަރީ މަނަވަރު އައިއެންއެސް ޖަލަޝްވާ ފުރައިފި އެވެ. ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން ބުނީ މި ދަތުރުގައި ގިނައިން ގ...

05 Jun 2020 | 19:38

އަނބުރާ ގައުމަށް ދާން ބޭނުންވެފައި ތިބ ި700 މީހުންނާއި އެކު އިންޑިއާގެ އަސްކަރީ މަނަވަރު އައިއެންއެސް ޖަލަޝްވާ ފުރައިފި އެވެ.

ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން ބުނީ މި ދަތުރުގައި ގިނައިން ގޮސްފައިވަނީ ޓެމިލް ނާޑޫ ސްޓޭޓަށް ނިސްބަތްވާ މީހުންނެވެ. މިފަހަރު މަނަވަރު ބަނދަރު ކުރުމަށް ހަމަޖެހިފައިވަނީ ޓުޓުކޮރިން ބަނދަރަށެވެ.

ވައިގެ މަގުންނާއި ކަނޑުމަގުން އިންޑިއާއަށް ގެންދިޔަ އެހެން މީހުންނެކޭ އެއްގޮތަށް އެމީހުންނަށް އަމިއްލަ ސިޓީއަށް ދެވޭނީ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކޮށްފައި އެވެ.

އިންޑިއާ ސަރުކާރުން ދަނީ ރާއްޖޭގައި ތާށިވެފައި ތިބި މީހުންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް ކަނޑުމަގުން ފަސް ދަތުރު ބާއްވާފައިވާއިރު 2،100 މީހުން ގެންގޮސްފައިވެ އެވެ.

ވައިގެ މަގުން 500 އަށްވުރެ ގިނަ މީހުން އެނބުރި ގޮސްފައިވެ އެވެ. އިއްޔެވެސް ވަނީ ވައިގެ މަގުން 342 މީހަކު އިންޑިއާއަށް ފުރުލާފައި އެވެ.

އިންޑިއާއަށް އަނބުރާ ގެންދިއުމުގައި އިސްކަން ދެނީ ބަލި މީހުންނާއި ވަޒީފާ ގެއްލިފައިވާ މީހުންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރަމުންދިޔަ މީހުންގެ ތެރެއިން އަނބުރާ ދާން ބޭނުންވެފައިވާ މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް