ރާއްޖެއިން މިއަދު ކޯވިޑް-19 އަށް އިތުރު 44 މީހަކު ޕޮޒިޓިވްވެ، މިހާތަނަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 618 އަށް އަރައިފިއެވެ.
މިގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިއަދުގެ ހަވީރު 4:30 އާއި ހަމައަށް 44 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އެއީ ބަންގްލަދޭޝަށް ނިސްބަތްވާ 34 މީހަކާއި އިންޑިއާއަށް ނިސްބަތްވާ ދެމީހަކާއި އަށް ދިވެހިންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި، ނުރައްކާތެރިކަން ބޮޑުކަމަށް ބެލެވޭތީ އެކްޓިވް ސަވައިލެންސަށް ލާފައިވާ ބައެއް ގެތަކުން ނެގި ސާމްޕަލްގެ ނަތީޖާ ހިމެނޭކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް