ވެކްސިން ޖެހުމާއި ދެކޮޅަށް ޓުވިޓާގައި ހިޔާލުފާޅު ކުރަމުންދިޔަ ދިވެހި އެކައުންޓެއް ސަސްޕެންޑުކޮށްފި އެވެ.
އެ އެކައުންޓުގެ ނަމަކީ "ވެކްސިންއަނިޔާ" އެވެ. އެ އެކައުންޓް ސަސްޕެންޑުކޮށްފައިވަނީ ބަޔަކު ރިޕޯޓުކޮށްގެންނެވެ.
ޓްވިޓާ އިން ނުވަތަ ފޭސްބުކް އިން އާއްމު ގޮތެއްގައި އެކައުންޓެއް ސަސްޕެންޑު ކުރާނީ، އެ ދެ ތަނުގެ ގަވާއިދަކާ ހިލާފުވުމުންނެވެ. މީގެ ކުރިން ވެސް އެފަދަ އެކައުންޓުތައް ސަސްޕެންޑު ކޮށްފައިވެ އެވެ.
ޓުވިޓާއިން ވެކްސިނާ ދެކޮޅު ވާހަކަ ފަތުރާ އެކައުންޓެއް ސަސްޕެންޑްކޮށްފައި ވާއިރު، ވެކްސިން ޖެހުމާ ދެކޮޅަށް އާންމުންނަށް މައުލޫމާތުދޭ ވައިބާ ގްރޫޕެއްގެ މަައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ވެކްސިން ދިނުމާ ދެކޮޅު ހެދުމުގެ ބައެއް މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އޭރު ކަމާބެހޭ އިދާރާތަކުން ވަނީ ބައެއް ރަށްރަށަށް ގޮސް، އެފަދަ އާއިލާތަކަށް ނަސޭހަތްތެރިވެ، ކުދިންނަށް ވެކްސިން ދީފަ އެވެ.
ވެކްސިން ޖެހުމަށް އިންކާރު ކުރުމަކީ، މިދިޔަ ފެބްރުއަރީ މަހު އަމަލުކުރަން ފެށި ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން ކުށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް