މިއަދު އަވަހާރަވި އައްނަބީލާ އަމީނާ މުހައްމަދު އަމީންގެ ތައުޒިޔާގެ ދަފްތަރުގައި ލިޔުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ކުރިޔަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
އައްނަބީލާ އަމީނާ ވަނީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުގެ މަގާމު 23 ފެބްރުއަރީ1980 ވަނަ އަހަރުން15 ޖެނުއަރީ1989 ވަނަ އަހަރަށް އަދާ ކުރައްވާފަ އެވެ. އޭރު ރައީސްކަމުގައ ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.
މަޖިލީހުގެ އިދާރާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ތައުޒިޔާގެ ދަފްތަރު އޮންލައިންކޮށް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ތައުޒިޔާގެ މެސެޖުތައް އެ އިދާރާއިން ޓުވީޓާގައި ކޮށްފައިވާ ޕޯސްޓުގެ ތިރީގައި ކޮމެންޓުުގެ ގޮތުގައި ލިޔަން އެދިފައިވެ އެވެ.
ގިނަ ބަޔަކު ގެންދަނީ އެ ޕޯސްޓުގެ ކޮމެންޓު ބައިގަ ތައުޒިޔާގެ މެސެޖުތައް ލިޔަމުންނެވެ.
https://twitter.com/mvpeoplesmajlis/status/1257929345043218432
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަމީނާ މުހައްމަދު އަމީންގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މަޖިލީހުގައި ހުޅުވާނެ ކަމަށެވެ. އަދި އެ ދަފްތަރުގައި ވާޗުއަލްކޮށް ލިޔުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ދޭނެ ކަމަށް ވިދާޅުވި އެވެ.
އަމީނާގެ ދިރިއުޅުއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް މުހައްމަދު އަމީން އަވަހާރަވެދިއުމާއި އަދި އޭގެ ފަހުން އަމީނާގެ ހަޔާތް ބިނާވެގެން ދިޔަ ގޮތަކީ ރާއްޖޭގެ ތަރައްގީގެ ހަޔާތުގައާއި، ދިވެހި އަންހެނުންގެ ހަޔާތުގައާއި އަދި ދިވެހި ގައުމުގެ ހަޔާތުގައި ފެނިގެން ދިޔަ އެހާމެ އަސަރުގަދަ، އަދި އުފާވެރި، މަޖާ، ހިތްގައިމު، ދުވަސްތަކެއް ކަމަށެވެ.
ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ދަރިކަނބަލުން އަމީނާ އަވަހާރަވީ އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު މިއަދު ހެނދުނު ގޭގައި އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ85 އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް