އަމީނާ މުހައްމަދު އަމީން އަވަހާރަވެއްޖެ

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ހަގު ދަނރިކަނބަލުން އަމީނާ މުހައްމަދު އަމީން އަވަހާރަވެއްޖެ އެވެ. އަވަހާރަވިއިރު އަމީނާގެ އުމުރުފުޅަކީ85 އަހަރެވެ. މައުލޫމާތު ލިބިފައިވާ ...

06 May 2020 | 07:35

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ހަގު ދަނރިކަނބަލުން އަމީނާ މުހައްމަދު އަމީން އަވަހާރަވެއްޖެ އެވެ.

އަވަހާރަވިއިރު އަމީނާގެ އުމުރުފުޅަކީ85 އަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް އަމިއްލަ ގެކޮޅުގައި އެވެ.

އަމީނާ މުހައްމަދު އަމީން އަކީ ރައީސް މުހައްމަދު އަމީންގެ ފުރަތަމަ ކައިވެންޏަށް ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

އަމީނާ ވަނީ 1985 އިން 1989 އަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފަ އެވެ. އެކަމަނާއަކީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ދަރިކަލުންގެ ތެރެއިން މަޖިލީހުގެ މެމްބަރުކަން ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ.

އަވަހާރަވި އިރު އެކަމަނާގެ ފިރިކަލުންނާއި ހަތަރު ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އެއީ އިބްރާހީމް ފައިސަލް އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އާއި އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލްގެ އިތުރުން ޝުވޭކާރް ހަމީދު އެވެ.

އަމީނާ އަކީ އަމީން ދީދީގެ ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅާއެވެ. އެމަނާ އަވަހާރަވުމުން ދައުލަތުގެ އިސްވެރިން ގެންދަވަނީ އާއިލާއަށް ތައުޒިޔާ ދަންނަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް